ގަވާއިދުތަކާއި އުސޫލުތައް ނުހެދި، މަސައްކަތްތައް ހުއްޓިފައިވާ ކަމުގެ ޝަކުވާ!

މިހާރު

28 ސެޕްޓެމްބަރު 2025 | އާދިއްތަ | 2:31

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ހަދަން ޖެހޭ އުސޫލުތައް ކަނޑައެޅި މުއްދަތަށް ނުހެދި ލަސްވުމުގެ ސަބަބުން އައްޑޫ ސިޓީ ކައުންސިލަށް މުވައްޒަފުން ނުނެގި މަސައްކަތްތައް ހުއްޓިފައިވާ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އެ ކަންބޮޑުވުންތަކާ އެކު ނިޒާރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާހު ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި ގެޒެޓް ކުރަން ޖެހޭ ކަމަށް ބުނެފައިވާ އުސޫލުތައް އާންމު ނުކޮށް، އެ މުއްދަތު ފަހަނައަޅާ ދިޔައިރު "ރައީސް އޮފީހުގައި ތާށިކޮށްފައި" ބޭއްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

"އައްޑޫ ސިޓީ ކައުންސިލަށް ކޮންމެހެން ނަގަން ޖެހޭ މުވައްޒަފުން ނުނެގި މުހިންމު އެތަކެއް މަސައްކަތް ވަނީ ހުއްޓިފައި،" އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް