ފަންނުވެރިންގެ ދަފްތަރެއް އެކުލަވާލަނީ

މިހާރު

28 ސެޕްޓެމްބަރު 2025 | އާދިއްތަ | 2:36

ރާއްޖޭގައި ޕާފޯމިން އާޓްސް އާއި ވިޝުއަލް އާޓްސްގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް އުސޫލެއް ހަދައިފި އެވެ.

ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް އިން ހެދި މި އުސޫލުގެ މަގްސަދަކީ ރާއްޖޭގައި ފަންނުވެރި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ، އެ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، ފަންނުވެރިން ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބުނެފައިވެ އެވެ.

ފަންނުވެރިންގެ ދާއިރާތައް ދަފްތަރުކޮށް ބެލެހެއްޓުމުގެ އިތުރުން އެ މީހުންގެ ދާއިރާތަކާ ގުޅޭ ދިރާސާތައް ހެދުމާއި ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް މި ދަފްތަރު ބޭނުންކުރާނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

މައުޟޫޢުތަށް