އެލިއާގެ މުވައްޒަފުން މި އަހަރު ވެސް ލޭ ހަދިޔާކޮށްފި، ބޮޑު ތަރުހީބެއް

މިހާރު

29 ސެޕްޓެމްބަރު 2025 | ހޯމަ | 7:24

އެލިއާ އިން މޯލްޑިވިއަން ބްލަޑް ސާވިސްއާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބްލަޑް ޑޮނޭޝަން ކޭމްޕުގައި ގިނަ ބަޔަކު ބައިވެރިވެ، ލޭ ހަދިޔާ ކުރި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެލިާ އިން ބުނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ކުރިއަށް ގެންދާ ލޭ ހަދިޔާ ކުރުމުގެ ކޭމްޕަކީ ގިނަ ބައެއްގެ ތަރުހީބު ލިބޭ ހަރަކާތެއް ކަމަށެވެ. އަދި މި ފަހަރުގެ ކޭމްޕުގައި ލޭ ހަދިޔާ ކުރި މީހުންނަށް މެދުނުކެނޑި ލޭ ހަދިޔާ ކުރުމަށް އެ ކުންފުނިން ހިތްވަރު ދިނެވެ.

އެލިއާ އިން ކުރިއަށް ގެންދާ ލޭ ހަދިޔާ ކުރުމުގެ ކޭމްޕުގެ މަގުސަދަކީ އެ ކަމަށް ދިވެހިން އަހުލުވެރި ކުރުވުމާއި އެކަކު އަނެކަކަށް އަޅާލައި، ބޭނުންޖެހޭ ހިނދު ތައްޔާރަށް ތިބޭ މުޖުތަމައުއެއް ބިނާކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މައުޟޫޢުތަށް