ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެނިހެން މުވައްޒަފުންގެ މުސާރަ ނޮވެމްބަރު 1 އިން ފެށިގެން ބޮޑުކުރަނީ
މިހާރު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 3:54
ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރަން މި އަހަރުގެ ބަޖެޓުގައި ވސް 500 މިލިއަން ރުފިޔާ ވަނީ ހިމަނާފައި.
ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުވެ ތިބި މީހުންގެ މުސާރަ އަންނަ ނޮވެމްބަރު 1 އިން ފެށިގެން ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، ދެންމެ އެކަން އިއުލާން ކުރައްވައިފި އެވެ.
ރައީސް އެކްސްގައި ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުކޮށް ތިބި، ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ކުރިއަށް އޮތް ނޮވެމްބަރު 1 ގައި ހާމަނައިޒްކޮށް، މުސާރަ ބޮޑުވާނެ ކަމަށެވެ.