ނޭޕާލް އަންހެނަކަށް ވަޅިން ހަމަލާދިން މީހާ ޝަރީއަތް ނިމެންދެން ބަންދަށް
މިހާރު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 4:41
ހުޅުމާލެ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލް އަންހެނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފި އެވެ.
ހުޅުމާލޭ 1 ގައި ހުންނަ ފިހާރައެެއްގައި މަސައްކަތްކުރާ 21 އަހަރުގެ އަންހެންމީހާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލީ އިއްޔެ މެންދުރެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގަލްދޭޝަށް ނިސްބަތްވާ ޖަހަންގިރް މިއާ، 25، އެވެ.