މީޑިއާ ކޮމިޝަންގެ އިންތިހާބަށް އޮބްޒާވަރުންނާއި މޮނިޓަރުން ހޯދަނީ
މިހާރު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 8:44
މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަންގެ މެމްބަރުން ހޮވާ އިންތިހާބަށް އޮބްޒާވަރުންނާއި މޮނިޓަރުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިއުލާނުކޮށްފި އެވެ.
އެ އިދާރާއިން ބުނީ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހަތަރު މެމްބަރުން އިންތިހާބުކުރަން އަންނަ މަހުގެ 11 ވަނަ ދުވަހު ވޯޓުލާނެ ކަމަށެވެ. އެ ކޮމިޝަނަށް ކުރިމަތިލާން އަންނަ ހަފުތާގެ ހޮނިހިރު ދުވަހާ ހަމައަށް ވަނީ މުއްދަތު ދީފަ އެވެ.
އޭގެ އިތުރުން އިންތިހާބު މޮނީޓާކޮށް އޮބްޒާވަރުންނަށް ވުމަށް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.