މެދުއިރުމަތީގެ "ހާއްސަ ކަމެއް" ވާން އުޅޭ ކަމުގެ އިޝާރާތެއް ޓްރަމްޕު ދެއްވައިފި

މިހާރު

28 ސެޕްޓެމްބަރު 2025 | އާދިއްތަ | 8:33

"ހާއްސަ ކަމެއްގައި އެންމެންނަށް އެއްގަލަކަށް އެރިއްޖެ" ކަމަށް ވިދާޅުވެ މެދުއިރުމަތީގެ މައްސަލަތައް ހައްލުކުރުމުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު ދެއްވައިފި އެވެ.

"މެދުއިރުމަތީގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރުމުގެ ހަގީގީ ފުރުސަތެއް މިހާރު ވަނީ ލިބިފައި،" ޓްރަމްޕު އޭނާގެ ސޯޝަލް ޕްލެޓްފޯމް ޓްރޫތުގައި ލިޔުއްވާފައިވެ އެވެ. "ހާއްސަ ކަމެއްގައި އެންމެންނަށް، މުޅިން އަލަށް، އެއްގަލަކަށް އެރިއްޖެ. އަހަރެމެން މިކަން ކާމިޔާބުކުރާނަން!!!"

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން ހުކުރު ދުވަހު ޓްރަމްޕު ވަނީ "އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބެލެވޭ" ކަމަށް ވެސް ވިދާޅުވެފަ އެވެ.

މައުޟޫޢުތަށް