ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި އެކަކަށް އައިސީޔޫގައި ފަރުވާދެނީ
މިހާރު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 10:44
ގދ. ތިނަދޫގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓު ހިނގީ އެ ރަށުގެ ގާޒީ މަގާއި ރަންނަބަނޑޭރި މަގާ ގުޅޭ ކަންމަތިން ސައިކަލަކާއި ކާރެއް ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ އަންހެނުންނަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ތެރެއިން، އެ އުޅަނދު ދުއްވަން އިން އަން މީހާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.