ޔޫކޭއަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް އުސޫލު ހަރުކަށިކުރަނީ
މިހާރު
29 ސެޕްޓެމްބަރު 2025 | ހޯމަ | 6:24
އިނގިރޭސި ވިލާތަށް ހިޖުރަކޮށް އެ ގައުމުގައި އުޅެން ބޭނުންވާ ނަމަ އެ ގައުމުގައި ވަޒީފާއެއް އޮންނަން ޖެހުމާއި ކޮމިއުނިޓީ ހިދުމަތް ކުރަން އެއްބަސްވުމާއި ހިޖުރަކުރާ މީހުންނަށް ދޭ އިނާޔަތައް ނުނެގުން ފަދަ ކަންކަން ޝަރުތުކޮށް ގަވައިދުތަކާއި އުސޫލުތައް ހަރުކަށިކުރަން އިންޓީރިއާ މިނިސްޓްރީން ނިންމައިފި އެވެ.
އިނގިރޭސިވިލާތުގައި އާއިލާގެ ބަޔަކު އުޅޭ ނަމަ އަދި ފަސް އަހަރު ވަންދެން އިނގިރޭސިވިލާތުގައި ދިރިއުޅޭފައިވާ މީހުންނަށް މިހާރު އޮންނަ ގޮތުން "އިންޑިފިނީޓް ލީވް ޓު ރިމެއިން" ނުވަތަ ދާއިމީ ރަށްވެހިކަން ލިބެ އެވެ. މިއީ އެ ގައުމުގައި އެއްވެސް ބާވަތެއްގެ ވިސާއެއްގައި ގާނޫނާ އެއްގޮތަށް 10 އަހަރު އުޅެފައިވާ މީހުންނަށް ވެސް އޮންނަ އުސޫލެވެ.
މި ޝަރުތުތައް ފުރިހަމަވާ މީހުންނަށް އިނގިރޭސިވިލާތުގައި ދިރިއުޅުމާއި ވަޒީފާ އަދާކުރުމާއި ކިޔެވުމުގެ އިތުރުން އިނާޔަތްތަކާއި އިނގިރޭސި ރަށްވެހިކަން ހޯދުމުގެ ފުރުސަތު ވެސް ލިބެ އެވެ.