ޕާކިސްތާނުގެ މިނިސްޓަރު އަތުން ތަށި ލިބިގަންނަން ޗެމްޕިއަން އިންޑިއާއިން ދެކޮޅު ހަދައިފި
މިހާރު
29 ސެޕްޓެމްބަރު 2025 | ހޯމަ | 10:17
އޭޝިއާ ކަޕްގެ ޗެމްޕިއަންކަން ހޯދި އިންޑިއާއިން، އޭޝިއަން ކްރިކެޓް ކައުންސިލުގެ ރައީސް އަދި ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މުހްސިން ނަގްވީގެ އަތުން ޓްރޮފީ ލިބިގަންނަން ދެކޮޅު ހަދައިފި އެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި ރޭ ނިންމާލި އޭޝިއާ ކަޕްގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދީ، ފައިނަލުގައި ޕާކިސްތާނު ބަލި ކުރުމަށް ފަހު އެވެ.
ޕާކިސްތާނުގެ މައްޗަށް އިންޑިއާއިން ކުރި ހޯދީ 150 ލަނޑު ހަދައިގެންނެވެ. ޕާކިސްތާނަށް ހެދުނު 146 ލަނޑެވެ.