4،000 ފްލެޓުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި

މިހާރު

29 ސެޕްޓެމްބަރު 2025 | ހޯމަ | 10:59

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރަތްކުރި 4،000 ފްލެޓުގެ ތަޅުދަނޑި ހަވާލުކުރަން އިއްޔެ ފަށައިފި އެވެ.

އެ ފްލެޓުތައް އަޅާފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓު ލިބުނު އަންހެނަކަށް އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކުރައްވައިފަ އެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިމާރަތްކުރި 4،000 ފްލެޓުގެ ތަޅުދަނޑި ހަވާލުކުރަން ނިންމާފައިވަނީ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ވަނީ ޑިޕޮސިޓް ދައްކައިފަ އެވެ.

މައުޟޫޢުތަށް