ހުރިހާ ގޯހެއް އަމޮރިމްގެ ބޮލަކަށް ނުޖެހޭނެ: ޑިލިޓް

މިހާރު

29 ސެޕްޓެމްބަރު 2025 | ހޯމަ | 12:23

މެންޗެސްޓާ ޔުނައިޓެޑްގެ ދަށް ނަތީޖާތަކުގެ ސަބަބުން ހުރިހާ ގޯހެއް ކޯޗު ރުބެން އަމޮރިމްގެ ބޮލަށް ނުޖަހައި ކުޅުންތެރިން ވެސް ޒިންމާ ނަގަންޖެހޭ ކަމަށް އެ ޓީމުގެ ޑިފެންޑަރު މެތިއަސް ޑިލިޓް ބުނެފި އެވެ.

ޔުނައިޓެޑްގައި އަމޮރިމް ކުޅުވަން މަސައްކަތް ކުރާ ސިސްޓަމްގައި ބޭނުންވާ ނަތީޖާއެއް ނުނުކެމެ އެވެ. މި ސީޒަނާ އެ ޓީމުން ކުރިމަތިލީ ވެސް އަމޯރިމްގެ ޕްލޭނަށް ފެތޭ ކުޅުންތެރިން ހޯދައިގެންނެވެ. އެކަމަކު ނަތީޖާތައް ގޯހެވެ.

ލީގުގައި އެ ޓީމުން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ބަލިވި އެވެ. ދެ މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރުވީ އެވެ. ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު ކްލަބް އޮތީ ތަވާލުގެ 14 ވަނައިގަ އެވެ.

މައުޟޫޢުތަށް