އިޒްރޭލުގެ އެންމެ ބޮޑު އެއް ޖާސޫސް ދަންޖައްސައި މަރާލައިފިން: އީރާން
މިހާރު
29 ސެޕްޓެމްބަރު 2025 | ހޯމަ | 12:20
އީރާންގެ ސިއްރުތައް އިޒްރޭލަށް ހޯދައިދީ ޖާސޫސްކޮށްދިނުމުގައި އެންމެ އިސްކޮށް ހުރި އެކަކު ދަންޖައްސައި މަރާލާފައިވާ ކަމަށް އީރާނުން މިއަދު ބުނެފި އެވެ.
"ޒަޔަނިސްޓު ސަރުކާރަށް ޖާސޫސްކޮށްދިނުމަށް އީރާންގައި އެންމެ އިސްކޮށް އުޅުނު އެކަކު ކަމަށްވާ ބަހްމަން ޗޯބީ އަސްލް މިއަދު ހެނދުނު ވަނީ ދަންޖައްސައި މަރާލާފައި،" ޖުޑީޝަރީގެ 'މީޒާން' ވެބްސައިޓުގައި ބުނެފައިވެ އެވެ.
އިޒްރޭލުން އީރާންގެ އަސްކަރީ މަރުކަޒުތަކާއި ނިއުކްލިއާ މަރުކަޒުތަކަށް ދިން ވައިގެ ހަމަލާތަކާ އެކު އީރާނާއި އިޒްރޭލާ ދެމެދު 12 ދުވަހުގެ ވަރުގަދަ ހަނގުރާމައެއް ޖޫން މަހު ވަނީ ހިނގައިފަ އެވެ. މި ކުރިމަތިލުމަށް ފަހު އީރާނުން ވަނީ އިޒްރޭލަށް ޖާސޫސްކޮށްދޭ މީހުން ހޯދައި ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.