ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކުގެ ލިމިޓްތައް ފެބްރުއަރީ މަހުން ފެށިގެން ބޮޑުކުރަނީ
މިހާރު
29 ސެޕްޓެމްބަރު 2025 | ހޯމަ | 2:38
ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑުތަކުގެ ލިމިޓް، އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ބޮޑުކުރަން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ކްރެޑިޓް ކާޑުން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1 ފެބްރުއަރީ 2026 އިން ފެށިގެން ބީއެމްއެލްގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް ބޮޑުވާނެ އެވެ.
މީގެ އިތުރުން ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1،500 ޑޮލަރުން 2،000 ޑޮލަރަށް ބޮޑުކުރާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.