ސިޒޭޝަން ކްލިނިކްތަކުން އެހީ ހޯދައި އެއް އަހަރު ތެރޭ 100 މީހުން ދުންފަތާ ދުރަށް
މިހާރު
30 ސެޕްޓެމްބަރު 2025 | އަންގާރަ | 12:37
ސިޒޭޝަން ކްލިނިކުން ފަރުވާ ހޯދައި، މިދިޔަ އެއް އަހަރު ތެރޭގައި 100 އަށް ވުރެ ގިނަ މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި ހަލީމް ވިދާޅުވީ، ހިތުގެ ބައްޔަކީ މިހާރު ވެސް ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާ މައިގަނޑު އެއް ސަބަބު ކަމަށް ވިޔަސް އެއީ އެންމެ ބޮޑަށް ރައްކާތެރިވެވިދާނެ އެއް ބަލި ކަމަށެވެ.
އެ މައްސަލަތަކާ ގުޅުން ހުރި ކަންކަމުގައި ޒުވާން އާބާދީއެއް ޝިކާރައަކަށް ވެފައިވާތީ ހަލީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.