ދިވެހި ލީގުގެ ވާދަވެރިކަމާއި ކުޅުމުގެ ފެންވަރަށް ބިދޭސީ ދެ ކޯޗުންގެ ތައުރީފު
މިހާރު
29 ސެޕްޓެމްބަރު 2025 | ހޯމަ | 5:19
މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފެންނަ ވާދަވެރިކަމާއި ޓީމުތަކުގެ ކުޅުމުގެ ފެންވަރަށް، ބިދޭސީ ދެ ކޯޗުން ތައުރީފު ކޮށްފި އެވެ.
ރާއްޖޭގެ މައި ފުޓްބޯޅަ ލީގު، މި މަހު ފެށީ ދޮޅު އަހަރުގެ ދިގުމުއްދަތަކަށް ފަހު އެވެ. އެހެންވެ އެހާ ދިގު މުއްދަތެއް ރަސްމީ އެއްވެސް މުބާރާތެއް ނެތި ދިވެހި ފުޓްބޯޅަ ކަޑަތުކުރުމަށް ފަހު ލީގުގެ ވާދަވެރިކަމާއި ފެންވަރު ދަށްވެ ދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ލީގުގައި ޓީމުތަކުގެ ވާދަވެރިކަމާއި ކުޅުމުގެ ފެންވަރު ރަނގަޅު ކަމަށް މާޒިޔާ އާއި އޮޑި ސްޕޯޓްސްގެ ކޯޗުން ފާހަގަ ކުރި އެވެ.
މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނީ ލީގުގެ ޕޮއިންޓް ތާވަލަށް ބެލުމުން އެ ވާދަވެރިކަން ފެންނާނެ ކަމަށެވެ.