ހުޅުމާލެ 1 ގެ ފްލެޓުތައް ކައިރީގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ސައިކަލްތައް ޓޯކުރަނީ
މިހާރު
29 ސެޕްޓެމްބަރު 2025 | ހޯމަ | 7:50
ހުޅުމާލެ 1 ގައި އެންމެ ފުރަތަމަ އިމާރާތްކުރި ފްލެޓުތަކުގެ ދެމެދުގައި ހިނގަން ހާއްސަކޮށްފައި އޮންނަ ސަރަހައްދުގައި ޕާކުކޮށްފައިވާ ސައިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
މިއަދު ހަވީރުން ފެށިގެން ފުލުހުން ވަނީ އެ ފްލެޓުތަކުގެ ދޮރުމަތީގަ އާއި ސިޑިތަކުގެ ދަށުގައި ބަހައްޓާފައި ހުރި އެތައް ސައިކަލެއް ޓޯކޮށްފަ އެވެ.
ހުޅުމާލޭގެ ފްލެޓުތައް ކައިރީގައި ސައިކަލްތައް ޕާކުކުރާނެ ސަރަހައްދުތައް ކަނޑައަޅައި، ފްލެޓް އިމާރާތްތަކުގެ ދެމެދުން ހިނގަން ހާއްސަކޮށްފައި އޮންނަ ސަރަހައްދަށް ވެހިކަލް ވަނުން މަނާކޮށް އެކަން އަންގައިދޭ ބޯޑު ވެސް ހުންނަނީ ޖަހައިފަ އެވެ. އެކަމަކު އެ މަގުތަކުގައި ޕާކުކުރުމާއި ބާރަށް ސައިކަލް ދުއްވުން އާންމުވެ ޝަކުވާ އޮންނަނީ ބޮޑުވެފަ އެވެ.