އެންޑީޔޫގެ ހޯލް އޮފް ފޭމްގައި ޑެޕިއުޓީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ހާމިދު

މިހާރު

30 ސެޕްޓެމްބަރު 2025 | އަންގާރަ | 10:36

ރައީސް އޮފީހުގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު، ރިޓަޔާޑް މޭޖަ ޖެނެރަލް ހާމިދު ޝަފީގު، އެމެރިކާގެ ނެޝަނަލް ޑިފެންސް ޔުނިވާސިޓީ (އެންޑީޔޫ) ގެ އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގައި ހިމެނިވަޑައިގެންފި އެވެ.

އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް އަކީ އެންޑީޔޫގެ ކުރީގެ ދަރިވަރުންގެ ތެރެއިން، ގައުމެއްގެ އަސްކަރިއްޔާ ނުވަތަ ސަރުކާރުގައި އެންމެ މަތީ މަގާމު އަދާކޮށްފައިވާ ބައިނަލްއަގުވާމީ ދަރިވަރުންނަށް ދޭ އެވޯޑެކެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ހާމިދު ޝަފީގަށް ސެޓްފިކެޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެންޑީޔޫގެ ރައީސް އެޑްމިރަލް ޕީޓާ އޭ ގާވިން އެވެ.

މައުޟޫޢުތަށް