ހުއްދަ ދީފައި ނެތް މަސައްކަތްތައް ކުރާ ބިދޭސީން ފޮނުވާލާނެ ކަމުގެ އިންޒާރު!
މިހާރު
29 ސެޕްޓެމްބަރު 2025 | ހޯމަ | 7:50
ވިސާގެ ބޭރުން ރާއްޖޭގައި އެކި މަސައްކަތްތައް ކޮށްގެން ބިދޭސީން ބޮޑެތި މަންފާތަކެއް ހޯދާ ކަމަށް އިމިގްރޭޝަނުން ބުނި.
ރާއްޖެ އެތެރެވާން ދޫކޮށްފައިވާ ވިސާގެ ހުއްދައިގެ ބޭރުން އާމްދަނީ ހޯދަން އެހެން މަސައްކަތްތަކުގައި އުޅޭ ބިދޭސީން ރާއްޖެ އިން ފޮނުވާލައި، އެ މީހުން ލައްވައި އެ މަސައްކަތެއް ކުރުވި މީހަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ދީފި އެވެ.
އެ އިދާރާ އިން ބުނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، "އޯޕަން ވިސާ" ގައި މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށާއި އެ މީހުން ޑީޕޯޓް ކުރާނެ ކަމަށެވެ. އަދި އެ މީހުން ލައްވައި ވިސާގެ ބޭރުން ވަޒީފާ ދޭ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.