ދިރާގު ޓިކްޓޮކް ޗެލެންޖުން 10،000ރ. ހޯދުމުގެ ފުރުސަތު
މިހާރު
29 ސެޕްޓެމްބަރު 2025 | ހޯމަ | 9:08
ދިރާގުން 10،000ރ. ގެ އަގު ހުރި ފައިސާގެ އިނާމަކާ އެކު، ޓިކްޓޮކް ޗެލެންޖެއް ފަށައިފި އެވެ.
މިއީ "ދިރާގު ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ލަވަ "ނޫރާޅާ ޖައްސާލާ" އަށް ކޮންޓެންޓް ތައްޔާރުކޮށް، ދިރާގުގެ ޓިކްޓޮކް އެކައުންޓް @dhiraagufans ފޮލޯކޮށް، އެ އެކައުންޓު ޓެގް ކުރުމަށް ފަހު DhiraaguWin2Speedboats# ހޭޝްޓެގް ބޭނުންކޮށްގެން ބައިވެރިވެވޭ ޗެލެންޖެކެވެ.
ދިރާގުން ބުނީ މިއީ ހުނަރުވެރި ކޮންޓެންޓް ކްރިއޭޓަރުންނަށް އަދި ކޮންޓެންޓް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ހުނަރުތައް ދައްކާލައި، އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބޭ ޗެލެންޖެއް ކަމަށެވެ.