މަސް ގަންނަ އަގު 20ރ. އަށް ބޮޑުކުރުން ގުޅިފައި ވަނީ 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމުގެ ޔަގީންކަމާ
މިހާރު
29 ސެޕްޓެމްބަރު 2025 | ހޯމަ | 11:50
މަސް ގަންނަ އަގު މި ސަރުކާރުން 20 ރުފިޔާ އަށް ބޮޑުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާ ވެސް މިއަދު ދެއްވައިފި އެވެ.
އެ މަނިކުފާނު އެ ޔަގީންކަން ހަފުތާއެއްގެ ތެރޭގައި ދެވަނަ ފަހަރަށް ދެއްވީ މަސްވެރިންނާއި ކެޔޮޅުންނާ އެކު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައި ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކެޔޮޅުން އެ މަނިކުފާނާ މިހާތަނަށް ތިން ފަހަރު ރައީސް އޮފީހުގައި ބައްދަލުކޮށްފައިވާއިރު، މިއަދުގެ ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް މަސްކިލޯއެއް ގަންނަ އަގު ސަރުކާރުން 20ރ. އަށް ބޮޑުކުރާނެ ތާރީހަކާ ގުޅޭ މައުލޫމާތު ސާފުކުރުމެވެ.