ދިވެހި ފުޓްސަލް ދަނޑުގައި ދުނިޔޭގެ އެއްވަނަ ރިކާޑީނިއޯ، އެންމެންގެ ލޯ އޭނާ އަށް!

މިހާރު

1 އޮކްޓޯބަރު 2025 | ބުދަ | 6:44

ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ ޕޯޗުގަލްގެ ރިކާޑީނިއޯއާ އެކު، ކްލަބް އެޗްޑީސީ ވަނީ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ.

މާލެ ސަރަހައްދަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ތުނިކޮށް ނަމަވެސް ކުރި ވިއްސާރައިގެ ތެރޭގައި ރިކާޑީނިއޯގެ ކުޅުން ބަލަން، ހުޅުމާލޭގެ އިތުރުން މާލޭގައި ދިރިއުޅޭ މީހުން ވެސް ރެހެންދި ޓާފް ދަނޑު ސަރަހައްދަށް ދިވެހިން އެއްވެ އޮތީ ދިވެހި ފުޓްސަލް އަށް ހާއްސަ ރެއަކަށް ވާތީ އެވެ.

ފުޓްސަލް ޕްލެނެޓުން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަ ފަހަރު ހޯދާފައިވާ ރިކާޑީނިއޯ، 40، އަކީ ޕޯޗުގަލްއާ އެކު 2018 ގެ ޔޫރޯ އާއި 2021 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ވެސް ކާމިޔާބު ކުރި ކުޅުންތެރިއެކެވެ. އަދި 2021 ގައި ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

މައުޟޫޢުތަށް