ރަކީދޫ ކައުންސިލުން ބުނީ މީހުން ބަދަލުކުރުމާ މެދު މަޝްވަރާ ނުކުރާ ކަމަށް!

މިހާރު

30 ސެޕްޓެމްބަރު 2025 | އަންގާރަ | 11:07

ވ. ރަކީދޫގައި ދިރިއުޅޭ މީހުން އެހެން ރަށަކަށް ބަދަލުވުމާ މެދު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަތައް ދެއްކެވިފައި ވިޔަސް ކައުންސިލްގެ ބައްދަލުވުމަކަށް ހުށަހަޅައި، އެ ކަމަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށް ކައުންސިލުން ރައީސަށް ދަންނަވައިފި އެވެ.

ރައީސް މުއިއްޒު މި މަހުގެ 20 ގައި ރަކީދު އަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ މީހުންނާ ބައްދަލުކުރެއްވުމުގައި ވާހަކަ ދެއްކި ގިނަ މީހުން އެދުނީ މާލެއާ ކައިރި ރަށަކަށް ބަދަލުކޮށްދިނުމަށެވެ.

ގެސްޓް ހައުސް ހިންގައިގެން ބޮޑު އާމްދަނީއެއް ވައްދާ ރަކީދޫގައި ދިރިއުޅޭ 61 މީހުންގެ ތެރެއިން 41 މީހަކު ބޭނުންވަނީ ތުލުސްދު އަށް ބަދަލުކޮށްދޭށެވެ. އެންމެ މީހެއް ފިޔަވައި ބާކީ އެންމެން ބޭނުންވަނީ މާލެ ކައިރިން ތަނެެއް ހިއްކައިގެން އެ ތަނަކަށް ބަދަލުވާން ކަމަށް ރައީސާ އެކު ބޭއްވި ބައްދަލުވުމަށް ދިޔަ މީހުން ބުންޏެވެ. ރަކީދޫން ބަދަލުވާން ބޭނުން ނުވަނީ އެންމެ މީހެކެވެ.

މައުޟޫޢުތަށް