ސައުދީން 55 ބިލިއަން ޑޮލަރަށް އީއޭ ގޭމްސް ގަންނަނީ

މިހާރު

30 ސެޕްޓެމްބަރު 2025 | އަންގާރަ | 12:06

ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑް (ޕީއައިއެފް) ކޮންސޯޓިއަމަކުން 55 ބިލިއަން ޑޮލަރުގެ އަގަކަށް ވީޑިއޯ ގޭމް އުފައްދާ ކުންފުނި އިލެކްޓްރޯނިކް އާޓްސް (އީއޭ) ގަންނަން އުޅޭކަން އެ ކުންފުނިން ހާމަކޮށްފި އެވެ.

މިއީ ވީޑިއޯ ގޭމްގެ ތާރީހުގައި ވެސް އެންމެ އަގު ބޮޑު ޑީލަށް ވާނެ އެވެ.

ސައުދީގެ މި ކޮންސޯޓިއަމްގައި އެމެރިކާގެ އިންވެސްޓްމެންޓް ފާމުތައް ކަމަށްވާ ސިލްވަ ލޭކް އަދި އެފިނިޓީ ޕާޓްނާސް ހިމެނެ އެވެ. މަޔާމީ އަށް ނިސްބަތްވާ އެފިނިޓީ ޕާޓްނާސްގެ އެއް ފައުންޑަރަކީ ވައިޓް ހައުސްގެ ކުރީގެ އެޑްވައިޒަރު އަދި ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރި ޖަރެޑް ކުޝްނާ އެވެ.

މައުޟޫޢުތަށް