4،000 ފްލެޓް ޑިސެމްބަރު މަސް ފެށުމުގެ ކުރިން ހަވާލުކޮށް ނިންމަނީ
މިހާރު
30 ސެޕްޓެމްބަރު 2025 | އަންގާރަ | 11:56
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ހަވާލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.
ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރަން ފެށީ މިދިޔަ އާދިއްތަ ދުވަހެވެ. ހުޅުމާލޭ 2 ގައި ފްލެޓްތައް އަޅާފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓް ލިބުނު އަންހެނަކަށެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް، "މިހާރު" އަށް ވިދާޅުވީ އެ ކުންފުނިން އަމާޒު ހިފާފައި ވަނީ އަންނަ ޑިސެމްބަރަށް އެތަނަށް އެންމެންނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.