ރާއްޖޭގައި މިވަގުތު 284 ހާފިޒުން، 1،500 އަށް ވުރެ ގިނަ މީހުން ހިތުދަސްކުރަނީ

މިހާރު

30 ސެޕްޓެމްބަރު 2025 | އަންގާރަ | 2:49

ރާއްޖޭގައި މިވަގުތު 280 އަށް ވުރެ ގިނަ ހާފިޒުން އެބަތިބި ކަމަށާއި ހާފިޒުންނަށް ވުމަށް އެކި ކްލާސްތަކުގައި 1500 އަށް ވުރެ ގިނަ މީހުން ގުރުއާން ހިތުދަސްކުރަމުން ވެސް އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖޭގައި މިވަގުތު ގުރުއާން ހިތުދަސް 284 ހާފިޒުން އެބަތިބި ކަމަށެވެ.

ގުރުއާން ހިތުދަސް ކުރާ ކްލާސްތަކުގައި ގިނަ ބަޔަކު ކިޔަވަމުން އަންނަ އިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި ޒުވާނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މައުޟޫޢުތަށް