މި އަހަރު ނިމުމުގެ ކުރިން ޝަންގްރިއްލާ ރިސޯޓު ހުޅުވަން ކުންފުނިން އެއްބަސްވެއްޖެ
މިހާރު
30 ސެޕްޓެމްބަރު 2025 | އަންގާރަ | 1:17
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންދުކުރި ގޮތަށް މިހާތަނަށް ވެސް ނުހުޅުވާ އޮތް އައްޑޫ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މި އަހަރު ނިމުމުގެ ކުރިން ހުޅުވުމަށް އެ ރިސޯޓު ހިންގާ ކުންފުނިން އެއްބަސްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގަ ބުނީ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް މި އަހަރު ނިމުމުގެ ކުރިން އަލުން ހުޅުވަން އެ ރިސޯޓް ހިންގާ އައްޑޫ އިންވެސްޓްމަންޓުން އެއްބަސްވީ ސަރުކާރުން އެ ކުންފުންޏާ އެކު ކުރި މަޝްވަރާތަކަކަށް ފަހު ކަމަށެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓް 2021 ވަނަ އަހަރު ބަންދު ކުރީއްސުރެ އެ ރިސޯޓް އަލުން ހުޅުވަން ސަރުކާރުން އައީ ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ. އެ ރިސޯޓް އަލުން ހުޅުވަން ބާރު އެޅުމުގެ ގޮތުން، އެ ކުންފުނީގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލަން ވެސް ކުރީގެ ސަރުކާރުން އެއްބަސްވި އެވެ.