އެމްޓީޑީގެ އޮފީހަށް ކުލި ނުދައްކައިގެން ކޯޓަށް

މިހާރު

30 ސެޕްޓެމްބަރު 2025 | އަންގާރަ | 1:32

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ 2018 ގައި އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) ގެ އޮފީސް ހިންގުމަށް ނަގާފައިވާ އެޕާޓްމަންޓަށް ކުލި ނުދައްކައިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ދާދިފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން އެމްޓީޑީ އުވާލައިފަ އެވެ.

އެ ޕާޓީ ހިންގާ އޮފީހަށް ކުލި ނުދައްކާ މައްސަލާގައި ސިވިލް ކޯޓަށް ހުށަހެޅީ އެ ޕާޓީއާއެކު ޖުލައި، 2023 ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އިމާރާތަށް ކުލި ދައްކާފައިނުވާ ކަމަށް ބުނެ އެވެ. އެހެންވެ، އެއްބަސްވުމުގެ މުއްދަތު މިހާރު ހަމަވެފައިވާތީ އެތަނުގައި ހުރި ޕާޓީގެ ތަކެތި ނެރުމަށާއި އަދި މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދޭންޖެހޭ 380،000ރ. އާއި އެތަން ހަވާލުކުރާ ދުވަހާ ހަމައަށް މަހަކު 30،000ރ. ގެ އިތުރުން ގާނޫނީ ވަކީލުންނަށް ހަރަދު ކުރަންޖެހުނު 25،920ރ. އެކީ އެއް ފަހަރާ ހޯދުމަށް އެ މައްސަލާގައި އެދުނެވެ.

މައުޟޫޢުތަށް