މީޑިއާ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

މިހާރު

30 ސެޕްޓެމްބަރު 2025 | އަންގާރަ | 3:38

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެމްބަރުންގެ މަގާމަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވާލައިފި އެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނަށް ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ ހަތަރު މެމްބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ. އެއީ ފަސް އަހަރުގެ މުއްދަތަކަށް ނަގާ މަގާމުތަކެކެވެ.

މަޖިލީހުން ބުނީ އެ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެމްބަރުކަމަށް ކުރިމަތިލެވޭނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ކަމަށެވެ. އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަނާ އެކު އިގްރާރާއި ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި އެ ފަރާތެއްގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ވަނަވަރާއި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ.

މައުޟޫޢުތަށް