ދެކުނު އޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ އިސްލާމިކް ބޭންކްގެ އެވޯޑް އެމްއައިބީއަށް
މިހާރު
30 ސެޕްޓެމްބަރު 2025 | އަންގާރަ | 5:08
ފާއިތުވި 10 އަހަރު ދެކުނު އޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ އިސްލާމިކް ބޭންކުގެ އެވޯޑް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ލިބިއްޖެ އެވެ.
އެމްއައިބީއިން މި އެވޯޑް ހޯދީ މި ދެކުނު އޭޝިއާގެ ގައުމުތަކާ ވާދަކޮށެވެ. އެމްއައިބީއަކީ 2011 ވަނަ އަހަރުގެ މާޗު މަހުގެ ހަތް ވަނަ ދުވަހު 150 މިލިއަން ރުފިޔާއާ އެކު ބެންކިންގެ ހިދުމަތް ރާއްޖޭގައި ފެށި ރާއްޖޭގެ ފުރަތަމަ އިސްލާމިކް ބޭންކެވެ. މާލެއިން ހިދުމަތް ފެށި އެ ބޭންކަކީ މިހާރު ރާއްޖޭގެ އަތޮޅުތަކަށް ހިދުމަތް ފުޅާކޮށް، އޮންލައިންކޮށް ގިނަ ހިދުމަތްތައް ފޯރުކޮށްދޭ ބޭންކެކެވެ.
އެމްއައިބީގެ ގިނަ ހިދުމަތްތައް ޑިޖިޓަލްކޮށްފައިވާތީ ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް އެމްއައިބީގެ ބްރާންޗަކަށް ނުގޮސް އޮންލައިންކޮށް އެކައުންޓު ހުޅުވޭނެ އެވެ. އަދި އެންމެ ޒަމާނީ މޮބައިލް ބޭންކިން އަދި އިންޓަނެޓް ބޭންކިން ޕްލެޓްފޯމުގެ އިތުރުން އިސްލާމީ އުސޫލުން ފައިނޭންސިންގެ ހިދުމަތް ލިބޭ އުޖާލާ ޕޯޓަލް ވެސް އެ ބޭންކުން ވަނީ ތައާރަފްކޮށްފަ އެވެ. މިބަދަލުތަކާއެކު އެ ބޭންކުގެ 2024 ވަނަ އަަހަރުގެ އެސްޓް ވެލިއު 10 ބިލިއަނަށް މިހާރު ވަނީ އަރައިފަ އެވެ.