އެންމެ އަގުބޮޑު ސައިފަތް އުފެއްދުމުގެ ރެކޯޑް ލަންކާއަށް

މިހާރު

30 ސެޕްޓެމްބަރު 2025 | އަންގާރަ | 4:04

ދުނިޔޭގެ އެންމެ އަގުބޮޑު ސައިފަތް އުފެއްދުމުގެ ރެކޯޑް ސްރީ ލަންކާގެ ނިއު ވިތަނަކަންޑޭ ޓީ ފެކްޓްރީ އަށް ލިބިއްޖެ އެވެ.

ސައިފަތް ހެއްދުމަށް މަޝްހޫރު ސްރީ ލަންކާގެ އެ ކުންފުންޏަށް ގިނިސް ވޯލްޑް ރެކޯޑްސްގެ ލިސްޓުން ޖާގަ ލިބުނީ ޖަޕާނުގައި އެ މީހުންގެ ޕްރިމިއަން ސިލޯން ބްލެކް ޓީގެ ކިލޯއެއް 125،000 ޔެން (252،500 ސްރީ ލަންކަން ރުޕީސް، ގާތްގަނޑަކަށް 13،000 ދިވެހި ރުފިޔާ) އަށް ވިކުމުންނެވެ.

އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި މި ރެކޯޑާ އެކު، ފެންވަރު ރަނގަޅު ސައިފަތް އުފެއްދުމުގައި ސްރީ ލަންކާގެ މަގާމު ދުނިޔޭގެ ބާޒާރުގައި އިތުރަށް ވަރުގަދަވެ އިތުބާރު ބޮޑުވެގެންދާނެ އެވެ.

މައުޟޫޢުތަށް