ތަފާސްހިސާބަކުން ނުފުދޭ، ބަންދުކުރާ ތަންތަނުގެ މައުލޫމާތު އެނގުމަކީ އަހަރެމެންގެ ވެސް ހައްގެއް
މިހާރު
1 އޮކްޓޯބަރު 2025 | ބުދަ | 9:36
ސިޔާސަތު ކަނޑައަޅާފައި ވަނީ ހަމައެކަނި ތަފާސްހިސާބު އާންމު ކުރުމަށް.
ދިވެހިންގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައި ހުންނަ ގޮތުން ކެފޭ/ރެސްޓޯރަންޓުތަކަށް ނުގޮސް ފަރުޖެއްސޭކަށް ނެތެވެ. އެކަމަކު، އަހަރެމެންނާ އެހާ ބޮޑަށް ގުޅިފައިވާ ތަންތަނުގެ އާންމު ސާފުތާހިރުކަމަށް ސަމާލުކަމެއް ދެވޭ ހެންނެއް ހީއެއް ނުވެ އެވެ. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ހިންގާ މަދު އިންސްޕެކްޝަންތަކުގައި އަމަލުކުރާ ގޮތަށް އެކަނި ބެލިޔަސް އެކަން ފުދޭނެ އެވެ. ސާފުތާހިރުކަން ކުޑަވެގެން ތަނެއް ބަންދުކުރިޔަސް އެ ތަނެއްގެ ނަން އެއީ އެންމެ ބޮޑު އެއް ސިއްރެވެ. ސުވާލު ކުރިޔަސް ޖަވާބެއް ނެތެވެ.
މިހާރު ވެސް މާލެ ސަރަހައްދުގައި މޯލްޑިވްސް ފުޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި މާލެ ސިޓީ ކައުންސިލާއި އެޗްޑީސީ ގުޅިގެން ބޮޑު އޮޕަޝަނެއް ކުރިއަށް ގެންދާއިރު އެތައް ތަނަކާ މެދު ފިޔަވަޅު އަޅައިފި އެވެ. މިދިޔަ މަހުގެ 21 އިން ފެށިގެން ކުރިއަށް ގެންދާ އެ އޮޕަރޭޝަންގައި އެ އިދާރާތަކުން ބަލާ ކަންކަމުން ފެއިލް ވެފައި ވާތީ ބަންދުކުރާ ކެފޭ/ރެސްޓޯރަންޓުތަކުގެ ލިސްޓު އޮތީ ގައުމުގެ ބޮޑު ސިއްރުގެ ގޮތުގަ އެވެ.