17 އަހަރުގެ ސުހާދު، 10 މިނެޓުން ހެޓްރިކެއް ހަދައި ޔުވީ މޮޅުކޮށް ދީފި

މިހާރު

30 ސެޕްޓެމްބަރު 2025 | އަންގާރަ | 8:08

އުމުރުން 17 އަހަރުގެ ހުސައިން ސުހާދު ސުހާން، 10 މިނެޓުން ހެދި ހެޓްރިކާ އެކު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ން ޓީސީ ބަލިކޮށްފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗުގައި ޓީސީން ލީޑް ނަގާފައިވަނިކޮށް ފަހަތުން އަރައި ޔޫވީން ނަތީޖާ ބަދަލުކޮށް މެޗު ކާމިޔާބު ކުރީ 4-1 ންނެވެ.

މި މޮޅަކީ ޔޫވީން ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. ކުރިން ކުޅުނު ދެ މެޗުގައި އެ ޓީމު ވަނީ ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސް އަތުން ބަލިވެފަ އެވެ. ޓީސީ އަށް އަދި މިހާތަނަކަށް މެޗަކުން މޮޅެއް ނުހޯދެ އެވެ.

މައުޟޫޢުތަށް