ބަދަލުތަކާ ފައިހަމަކުރެވޭވަރުގެ އާއިލީ އަދުލުގެ ގާނޫނެއް ވަރަށް މުހިންމު: އުއްތަމަ ފަނޑިޔާރު
މިހާރު
30 ސެޕްޓެމްބަރު 2025 | އަންގާރަ | 9:12
ބަދަލުތަކާ ފައިހަމަކުރެވޭވަރުގެ އާއިލީ އަދުލުގެ ގާނޫނެއް ރާއްޖެއަށް މިއަދު ވަރަށް މުހިއްމުވެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިއަށް ގެންދިޔަ އާއިލީ އިޖުރާއަތުގެ ޓްރެއިނިން ޕްރޮގްރާމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މުޖުތަމައުގެ ހަމަޖެހުމާއި ކުރިއެރުމަށް އާއިލާތަކުގެ ތެރޭގައި އޮންނަ ގުޅުން މުހިއްމު ދައުރެއް އަދާކުރާ ކަމަށާއި އާއިލީ އަދުލުގެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި އޮތުމަކީ މުޖުތަމައުގެ ހަމަޖެހުމާއި ކާމިޔާބީއަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އެފަދަ ފުރިހަމަ ނިޒާމެއް ގާއިމުކުރެވިފައިވާ ނަމަ، އާއިލާތަކުގެ ހައްގުތައް ކަށަވަރުކުރެވޭނެ ކަމަށާއި އޭގައި އަނބިމީހާ އާއި ފިރިމީހާގެ ހައްގުތަކާއި ދަރީންގެ ހައްގުތަކާއި މައިންބަފައިންގެ ހައްގުތަކާއި ގެވެށި އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގުތަކާއި އެތައް ބަޔަކާ ގުޅިފައިވާ ހައްގުތައް ރައްކާތެރިކޮށްދީ ހިމާޔަތްކޮށްދެވޭނެ ކަމަށް ޣަނީ ވިދާޅުވި އެވެ.