އިސްލާހީ ފިޔަވަޅުތައް އިއުލާންކޮށް، ފެނަކައިން ބުނީ މިހާރުގެ މެނޭޖުމަންޓުން އުސޫލުން ބޭރު ނުވާ ކަމަށް
މިހާރު
30 ސެޕްޓެމްބަރު 2025 | އަންގާރަ | 9:39
އިހުމާލުވާ މުވައްޒަފުންގެ މައްސަލަތައް ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅުމަކީ އިސްލާހީ އެއް ބަދަލު ކަމަށް ފެނަކައިން ބުނި.
މިދިޔަ އެމްޑީޕީ ސަރުކާރުގެ ފަހު ތިން އަހަރު ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން އިސްލާހީ ފިޔަވަޅުތައް އަޅަން މިހާރު ވެސް ފަށާފައިވާ ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.
އޮޑިޓަ ޖެނެރަލް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުއްވި އޮޑިޓް ރިޕޯޓު ބިނާކޮށްފައި އޮތީ 2021 އިން 2023 އަށް ފެނަކަ ހިންގި ގޮތުގެ މައްޗަށެވެ. އޭގެ ތެރޭގައި ވަރަށް ބޮޑެތި ކޮރަޕްޝަންގެ ޖަރީމާތައް އެ ރިޕޯޓުގައި ވެ އެވެ. ހާއްސަކޮށް އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާ ގުޅޭ ބޮޑެތި މައްސަލަތަކެއް ހމެނެ އެވެ.