ބުރު ކޮޅަށް ތިން ލަނޑު ޖަހައި މާޒިޔާއިން ފޯމު ދަމަހައްޓައިފި
މިހާރު
1 އޮކްޓޯބަރު 2025 | ބުދަ | 12:44
ބުރު ސްޕޯޓްސްގެ މައްޗަށް 3-0 މޮޅުވެ، މި ސީޒަނުގައި މާޒިޔާއިން ދަމަހައްޓަމުން އަންނަ ފޯމުގައި ހިފަހައްޓައިފި އެވެ.
ގައުމީ ޓީމުގެ މެޖޯރިޓީ ކުޅުންތެރިން ހިމެނޭ މާޒިޔާއިން މި މެޗަށް ފަހު ކުރިމަތިލާނީ ދިގު ބްރޭކަކާ އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ ދެ މެޗަށެވެ.
އޮކްޓޯބަރު ނުވައެއްގައި ފުރަތަމަ ލެގްގައި ތަޖިކިސްތާނުގައި ރާއްޖޭން ކުޅޭނެ އެވެ. ދެވަނަ މެޗުގައި އޮކްޓޯބަރު 14 ގައި ކުޅޭ ރާއްޖޭގަ އެވެ.