އެންޒޯއާ ދިމާކޮށްލުމުން ސަޕޯޓަރުން މައިތިރިކުރީ "ސްޕެޝަލް ވަން"
މިހާރު
1 އޮކްޓޯބަރު 2025 | ބުދަ | 6:39
ލަންޑަން (ސެޕްޓެމްބަރު 1) - ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީ ވަނީ އެ ޓީމުގެ ލެޖެންޑަރީ ކޯޗު ހޯޒޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅުނު ޕޯޗުގަލްގެ ބެންފީކާ 1-0 އިން ބަލިކޮށްފަ އެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި، ޗެލްސީގެ ލަނޑު ގޯލު ފޫއަޅުވައިލީ ފުރަތަމަ ހާފުގައި އަލެހަންދްރޯ ގާނާޗޯ ގޯލު ކުރިމައްޗަށް ޖައްސާލި ބޯޅަ ބެންފީކާގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވައްދައިގެންނެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތު އެ ޓީމުގެ ޔާއޯ ޕެޑްރޯ އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.
މިއީ ޗެލްސީ އެންމެ ފަހުން ލީގުގައި ޖެހިޖެހިގެން ވީ ދެ ބައްޔަށް ފަހު ހޯދި މުހިއްމު މޮޅެކެވެ. ނަމަވެސް މޮރީނިއޯގެ ބެންފީކާ ވަނީ މެޗުގައި ޗެލްސީ އަށް ވުރެ މޮޅު ކުޅުމެއް ދައްކައިފަ އެވެ.