ފިލިޕިންސަށް އައި ބިންހެލުމެއްގައި އެތައް ބަޔަކު މަރުވެއްޖެ
މިހާރު
1 އޮކްޓޯބަރު 2025 | ބުދަ | 6:17
ފިލިޕިންސްގެ މެދުތެރެއަށް 6.9 މެގްނިޓިއުޑްގައި އައި ބިންހެލުމެއްގައި މަދުވެގެން 26 މީހަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަހަމްވެއްޖެ އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި ބިންހެލުން އައިސްފައިވަނީ 90،000 ގެ އާބާދީއެއް އޮންނަ ބޯގޯގެ އުތުރުން، އަންގާރަ ދުވަހު ޖީއެމްޓީން 13:59 ގައި ކަމަށެވެ.
ފިލިޕިންސްގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި މަރުވި މީހުންގެ އަދަދު އިތުރުވުން ވަރަށް ބޮޑަށް އެކަށީގެންވެ އެވެ. ސޭބޫ އިން 19 މީހަކު މަރުވިކަން ކަށަވަރު ވެފައި ވާއިރު ބޯގޯ އާއި ސެން ރެމިޖިއޯ އަދި ޓަބުއެލާން ފަދަ ތަންތަނުން ވެސް ވަނީ މީހުން މަރުވެފަ އެވެ.