ހުއްދަ ނުދޭ ކޯސްތަކެއް ރާއްޖެއިން ބޭރުގައި ކިޔަވައިދީ، ސެޓްފިކެޓްދިން މައްސަލަތަކެއް ފެންމަތިވެއްޖެ

މިހާރު

1 އޮކްޓޯބަރު 2025 | ބުދަ | 3:23

ރާއްޖޭގައި ކިޔަވައިދޭން ހުއްދަ ދީފައިވާ ކޯސްތަކެއް ބޭރުގެ މަރުކަޒުތަކެއްގައި ކިޔަވައިދީ، ބޭރުގެ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދިން މައްސަލަތަކެއް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ބަލަން ފަށައިފި އެވެ.

އެމްކިޔުއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ހަމައެކަނި ރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ކޯސްތަކެއް، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މަތީތައުލީމުދޭ މަރުކަޒަކުން ރާއްޖެއިން ބޭރުގައި ހިންގުމަށްފަހު ބޭރުގެ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދިނުމުން، އެ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން އެ ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއިން ބޭރުގެ ތިން ގައުމެއްގެ ރަސްމީ އިދާރާތަކުން އެމްކިޔުއޭގައި އެ ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުކުރަން އެމްކިއުއޭގައި އެދިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. ނަމަވެސް ރާއްޖޭގައި ހުއްދަ ދީފައިވާ ކޯސްތައް ރާއްޖެއިން ބޭރުގައި ހިންގުމާއި ސެޓްފިކެޓް ދިނުމަށް މަތީ އެއްވެސް މަރުކަޒަކަށް ހުއްދަ ދީފައި ނުވާނެ ކަމަށް ވެސް އެމްކިޔުއޭއިން ބުންޏެވެ.

މައުޟޫޢުތަށް