އުސޫލުތަކާ ހިލާފަށް ކުރި ބޮޑެތި ހަރަދުތަކެއްގެ މައްސަލަ ވެމްކޯއިން ހުށަހަޅައިފި
މިހާރު
1 އޮކްޓޯބަރު 2025 | ބުދަ | 3:54
ވެމްކޯއަށް ޑަމްޕް ޓްރަކްތަކަކާއި ލޭންޑިން ކްރާފްޓެއް ގަންނަން ކުރި ދެ މުއާމަލާތެއްގައި، އެއްބަސްވި މުއްދަތުގައި ޑެލިވާ ނުކުރަނީސް އެ ތަކެތި ގަތުމަށް އެޑްވާންސްގެ ގޮތުގައި 1.7 މިލިއަން ރުފިޔާ އާއި އިތުރަށް 4.6 މިލިއަން ރުފިޔާ ދެއްކި މައްސަލަ އެ ކުންފުނިން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފި އެވެ.
ވެމްކޯ އިން ބުނީ ދެ ޓަނުގެ 10 ޑަމްޕް ޓްރަކް ހޯދުމަށް އަދި ލޭންޑިން ކްރާފްޓް ހޯދުމަށް ލޯކަލް ކުންފުންޏަކާ އެކު 2021 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެ ތަކެތި ވެމްކޯއަށް ޑެލިވަރީ ކުރަންޖެހޭ މުއްދަތު ހަމަވިޔަސް 2023 ގެ ޖުލައިއާ ހަމައަށް ވެސް ވެހިކަލްތައް ނުލިބޭ ކަމަށެވެ.
ވެމްކޯއިން މިކަމާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި، އެ އުޅަނދުތައް މިހާރު ލިބިފައިވާކަމެއް ނުވަތަ ނޫންކަން ސާފެއް ނުވެ އެވެ.