ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި

މިހާރު

1 އޮކްޓޯބަރު 2025 | ބުދަ | 4:34

ރ. ފުއްގިރި މައްސަލާގައި ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް، އާންމުކޮށް ހުޅުވާނުލައި ބޭއްވި އަޑުއެހުމެއްގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރީ ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ހިމެނޭ ފައިސާތަކެއް ލޯންޑާކޮށްދިން ކަމަށް ބުނެ އެވެ. އެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

މައުޟޫޢުތަށް