ފެނަކަ ކޮރަޕްޝަނުގެ ތަހުގީގު އަވަސްކުރަން ގޮވާލާ ގަރާރެއް އެޖެންޑާކޮށްފި

މިހާރު

1 އޮކްޓޯބަރު 2025 | ބުދަ | 5:15

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަނުން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރި ގޮތް ބަލައި، އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްގައި ފާހަގަކޮށްފައިވާ ކޮރަޕްޝަން އަމަލުތަކުގެ ތަހުގީގު އަވަސްކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރެއް މާދަމާ އަށް އެޖެންޑާކޮށްފި އެވެ.

މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ ބާއްްވަން އެ ޖަލްސާގެ އެޖެންޑާ މިހާރު ވަނީ އާއްމުކޮށްފަ އެވެ. އެ އެޖެންޑާގައިވާ ގޮތުން، ފެނަކައިގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަަތައް ތަހުގީގުކޮށް ފިޔަވަޅު އަޅަން ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒެވެ.

ފެނަކައިގެ 2021 އިން 2023 އަށް ހިންގި މުއާމަލާތްތަކާ ބެހޭ އޮޑިޓުގައި ވަނީ އެ ކުންފުނިން ހިންގާފައިވާ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިކޮށްފަ އެވެ.

މައުޟޫޢުތަށް