ގެދޮރު ގަތުމަށް ބީއެމްއެލް އިން ދޭ ލޯނުގެ އިކުއިޓީ ފަސް ޕަސެންޓަށް ދަށްކޮށްފި

މިހާރު

1 އޮކްޓޯބަރު 2025 | ބުދަ | 5:28

3.5 މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް ގަންނަން ފައިނޭންސިން ހަމަޖެއްސުމަށް މީގެ ކުރިން އިކުއުޓީގެ ގޮތުގައި ހަތް ލައްކަ ދައްކަން ޖެހުނަސް މިހާރު ވަނީ 175،000ރ. އަށް ދަށްވެފައި

ގެދޮރު ގަތުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ފައިނޭންސިން ނެގުމަށް އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އެ ބޭންކުން ފަސް ޕަސެންޓަށް ދަށްކޮށްފި އެވެ.

ގެދޮރު ގަތުމަށް ބީއެމްއެލް އިން ދޫކުރާ ފައިނޭންސިން ފެސިލިޓީތަކަށް އިކުއިޓީގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު މީގެ ކުރިން ހުރީ 10-20 ޕަސެންޓާ ދެމެދުގަ އެވެ. އެ މިންވަރު ފަސް ޕަސެންޓަށް ދަށްކުރުމަކީ ބީއެމްއެލް އިން ބުނި ގޮތުގައި އެ ބޭންކުން ގެނައި ހެޔޮ ބަދަލެކެވެ.

މައުޟޫޢުތަށް