ރިއަލް އެސްޓޭޓް ޓޫރިޒަމަށް ހަންކެޑެ ދޫކުރި ގަރާރު އުވާލައިފި

މިހާރު

1 އޮކްޓޯބަރު 2025 | ބުދަ | 9:45

އައްޑޫ ހަންކެޑެ އަކީ ރިއަލްއެސްޓޭޓް ޓޫރިޒަމަށް ދޫކުރާ ސަރަހައްދެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައި ނެރުއްވި ގަރާރު، ރައީސްް ޑރ.މުހައްމަދު މުއިއްޒު މިރޭ އުވާލައްވައިފި އެވެ.

ރިއަލްއެސްޓޭޓް ޓޫރިޒަމަށް ހަންކެޑެ ހާއްސަކުރަން ނެރުނު ގަރާރު އުވައިލެއްވި ވަކި ސަބަބެއް، ރައީސް މިރޭ ނެރުއްވި ގަރާރުގައި ސީދާ ވިދާޅުވެފައެއް ނެތެވެ. ނަމަވެސް އެރަށް ތަރައްގީކުރަން ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރި އެއްބަސްވުން މިހާރު އުވާލާފައިވާކަން އެ ގަރާރުގައި ފާހަގަކުރެއްވި އެވެ.

ހަންކެޑެ އަކީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން މަސައްކަތްކުރި ތަނެކެވެ. އެތަން ތަރައްގީކުރަން ސަރުކަރުން ފުރަތަމަ ހަވާލުކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2005 ގަ އެވެ.

މައުޟޫޢުތަށް