އަފްޣާނިސްތާނުގައި މުއާސަލާތީ ހިދުމަތް އަލުން ދީފި
މިހާރު
1 އޮކްޓޯބަރު 2025 | ބުދަ | 10:55
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން އިންޓަނެޓާއި މޯބައިލް ފޯނުގެ ހިދުމަތް މުޅި ގައުމުން ކަނޑާލިތާ 48 ގަޑިއިރު ފަހުން މިއަދު އަލުން ހިދުމަތް ދޭން ފަށައިފި އެވެ.
ފާހިޝް އަމަލުތައް ހުއްޓުވަން ކަމަށް ބުނެ މޯބައިލް ފޯނާއި އިންޓަނެޓްގެ ހިދުމަތް ހޯމަ ދުވަހު ކަނޑާލުމާ އެކު މުޅި އަފްޣާނިސްތާނުގައި ކަންކަން ބޮއްސުންލައިގެން ގޮސް އޮޅުންބޮޅުންވި އެވެ.
އޭއެފްޕީގެ ނޫސްވެރިން ބުނި ގޮތުގައި ދެކުނުގެ ކަންދަހާރާއި އިރުމަތީ ޕްރޮވިންސްތަކާއި މެދުތެރޭ ޣަޒްނީ އަދި ހުޅަނގުގައި އޮންނަ ހީރަތު ހިމެނޭ ޕްރޮވިންސްތަކުގައި މޮބައިލް ފޯން ސިގްނަލްތަކާއި ވައިފައިގެ ހިދުމަތް އަލުން ވަނީ ލިބެން ފަށައިފަ އެވެ.