ސޯނަމް އިނީ ދެވަނަ ދަރިފުޅަށް ބަލިވެ
މިހާރު
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 7:21
ބޮލީވުޑްގެ އެކްޓްރެސް ސޯނަމް ކަޕޫރް ދެވަނަ ދަރިފުޅަށް ބަލިވެއިން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސޯނަމް އާއި އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ އަނަންދު އަހޫޖާއާ ގާތް މީހަކާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނީ ސޯނަމް ދެވަނަ ދަރިފުޅަށް ބަލިވެއިންތާ މިހާރު ދެވަރަކަށް މަސްދުވަސް ވެއްޖެ ކަމަށެވެ. އަދި އެ ޚަބަރާ އެކު ދެ ފަރާތުގެ އާއިލާއަށް ވެސް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ސޯނަމް ބަލިވެއިންކަމުގެ ޚަބަރު އޭނާ އާއި އޭނާގެ ފިރިމީހާ ވެސް މިހާތަނަށް މީޑިއާއަށް ހިއްސާކޮށްފައި ނުވެ އެވެ. އާންމުކޮށް ބޮލީވުޑްގެ ތަރިން ބަލިވެއިނުމުން ސޯޝަލް މީޑިއާގައި އެކަން އިއުލާން ކުރެ އެވެ. ސޯނަމް އާއި އަނަންދު މިހާތަނަށް އެ ކަހަލަ އިއުލާނެއް ކޮށްފައެއް ނުވެ އެވެ.