މާލެ އިން ބިންތައް ދެން ދޫކުރާނީ ހުރިހާ ކައުންސިލަރުންނަށް އެނގޭ ގޮތަށް: އާޒިމް

މިހާރު

2 އޮކްޓޯބަރު 2025 | ބުރާސްފަތި | 1:22

މާލެއިން ބިމެއް ދޫކުރާ ނަމަ، މީގެ ފަހުން އެކަން ކުރާނީ ހުރިހާ ކައުންސިލަރުންނަށް ވެސް އެނގޭ ގޮތަށް ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ލޭންޑް އޮޑިޓަކީ ލާމަރުކަޒީ ގާނޫން ކުރަންޖެހޭ ކަމަކަށް ވިޔަސް އެ މަސައްކަތް ނިންމީ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލްގެ ބިންތައް ބޭނުންކުރާ ގޮތުގެ މައުލޫމާތު ވަނީ އެކުލަވާލައިފަ އެވެ. އަދި 18 މެމްބަރުން ކައުންސިލުގައި ތިއްބެވިއިރު އެ ބޭފުޅުން އެދިވަޑައިގަތީ ކައުންސިލަރުން އެ މައުލޫމާތުތައް ބަލައި އެކަން އާންމުންނަށް ހިއްސާކުރަން ކަމަށެވެ.

މައުޟޫޢުތަށް