އަބްދުއްރަހުމާންގެ މަރު: އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް
މިހާރު
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:51
މިދިޔަ ޖުލައި މަހު އއ. މާޅޮހުގައި އެ ރަށު އޯކިޑްމާގޭ އަބްދުއްރަހުމާން މަރާލި މައްސަލައިގައި ހައްޔަރުކުރި އަހުމަދު އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް ކޯޓުން ދީފި އެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން މަރާލި މައްސަލައިގެ ތުހުމަތުގައި މާލެއިން ހައްޔަރުކުރި 27 އަހަރުގެ އާޝިދުގެ އިތުރުން އެ މައްސަލައިގެ ތުހުމަތުވަނީ މުހައްމަދު ވިޝާމް، 22، އަދި އަހުމަދު ފާރިސް، 27، އެވެ. އެ އެންމެންނަކީ ވެސް މާޅޮހު މީހުންނެވެ.
މިދިޔަ އޯގަަސްޓު މަހު 21 ވަނަ ދުވަހުގެ ރޭ އެ ތިން މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ވިޝާމް އާއި ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި އެވެ. އާޝިދުގެ ބަންދަށް އޭރު ދިނީ ފަސް ދުވަހެވެ. ނަމަވެސް ފަހުން 30 ދުވަސް އިތުރުކުރި އެވެ.