ސަރުކާރުތައް ބަދަލުވިޔަސް ފެންނަނީ ކޮރަޕްޝަން ނުހުއްޓި ކުރިއަށް ދާ ތަން: ނާޒިމް

މިހާރު

2 އޮކްޓޯބަރު 2025 | ބުރާސްފަތި | 1:40

ނާޒިމް ވިދާޅުވީ ވޯޓުލައިގެން ވެރިކަންތައް ބަދަލުވިޔަސް ކޮރަޕްޝަންތައް ނުހުއްޓި ކުރިއަށް ދާ ކަމަށް.

އެކި ސަރުކާރުތައް ބަަދަލުވަމުން އައި ނަމަވެސް ފެނަކައިގެ ކޮރަޕްޝަން ނުހުއްޓި ކުރިއަށް ދާ ތަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ފެނަކަ އޮޑިޓްކޮށް، އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ނެެރުއްވި ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ބަލައި އެ ކަންތައްތަކުގެ ޒިންމާ އުފުލަން ޖެހޭ މީހުންނަށް ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ޕީއެންސީގެ މެމްބަރަކު ހުށަހެޅުއްވި ގަރާރުގެ ބަހުސްގަ އެވެ.

މައުޟޫޢުތަށް