މާލެ ސަރަހައްދުގެ ކާބޯތަކެތީގެ އިންފްލޭޝަން 1.9 ޕަސެންޓަށް ދަށަށް
މިހާރު
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 3:57
މާލެ ސަރަހައްދުގެ އިންފްލޭޝަން ރޭޓު 1.9 ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން އޮގަސްޓް މަހުގެ އިންފްލޭޝަން ވަނީ ޖުލައި މަހަށް ވުރެ 0.7 ޕަސެންޓު ދަށްވެފަ އެވެ. މިދިޔަ ޖުލައި މަހު ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 2.6 ޕަސެންޓުގަ އެވެ.
މިއީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެއް މަހުން އިންފްލޭޝަން އެހާ ބޮޑަށް ދަށްވި މަހެވެ. މި އަހަރު ފެށުނު އިރު މާލެ ސަރަހައްދުގައި ވިއްކާ ކާބޯތަކެތީގެ އަގުތައް އުފުލިފައި ހުރީ 7.7 ޕަސެންޓުގަ އެވެ. މިދިޔަ އަށް މަހު މާލޭގައި ވިއްކާ ކާބޯތަކެތީގެ އަގުތައް ދިޔައީ އެއް މަހަށް ވުރެ އަނެއް މަހު އުފުލޭވަރު ދަށްވަމުންނެވެ.